ށ. ފޭދޫގައި އަނބިމީހާގެ ގަޔަށް ވަޅި ހެރި ށ. ފޭދޫ، ރޭޑިއަމްގެ އާދަމްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނީ ށ. ފޭދޫ ރެޑިއަމްގެ، އާދަމް، 02 ޖޫން 2022 ދުވަހު 21:18 ހާއިރު ށ. ފޭދޫ ރެޑިއަމް ގޭގައި މީނާގެ އަނބިމީހާއަށް އަނިޔާކޮށް ތޫނު ވަޅިއަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ މައްސަލައިގައި، އާދަމްގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ 30 ޖޫން 2022 ދުވަހު ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.