- Advertisement -ad image

އެމްޓީސީސީ ބަހަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓް: އެކަކު ނިޔާވެ، ފަސް މީހަކަށް ފަރުވާދެނީ

ad image

ގުޅުންހުރި ލިޔުންތައް

އެމްޓީސީސީ ބަހަކާ ކާރެއް ޖެހި މިއަދު ހިނގި އެކްސިޑެންޓްގައި ފަރުވާދެމުން ދަނިކޮށް އެކަކު ނިިޔާވެއްޖެއެވެ.

ފުލުހުންބުނީ މި އެކްސިޑެންޓްގައި އަނިޔާވި އެކަކު ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށެވެ. ނިޔާވެފައިވަނީ އަންހެނެއް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ބަހަކާއި ކާރެއް ޖެހި ހިނގި މި އެކްސިޑެންޓްގައި ޖުމުލަ ހަ މީހަކަށް ވަނީ އަނިޔާލިބިފައެވެ. މީގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި ދެ ފިރިހެނުންނެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މި އެކްސިޑެންޓް ހިނގާފައިވަނީ އެކުވެނި ދަނޑުކައިރި ބޭރު މަގުން ދުއްވާފައި ދިޔަ ކާރެއް އެމަގުން ދުއްވާފައި ދިޔަ އެހެންކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް އެމަގުން ދުއްވާފައި ދިޔަ ބަހުގައި ޖެހުގެން ކަމަށެވެ.
މިމައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުން ކަމަށް ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ