- Advertisement -ad image

ކާރު ބަހުގައި ޖެހި ހިނގި އެކްސިޑެންޓް: ތިން މީހަކަށް ފަރުވައިދެނީ ވެންޓިލޭޓަރުގައި، އެކަކު އައިސީޔޫގައި

ad image

ގުޅުންހުރި ލިޔުންތައް

ބޮޑުތަކުރުފާނު މަގުން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލްނުވެގެން ހޯމަ ދުވަހު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިހާދިސާގައި އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދަނީ 4 މީހަކަށެވެ. ހަތަރު މީހުންގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ. އަދި އެކަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ. ފުލުހުން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން މި އެކްސިޑެންޓު ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުން އެކުވެނި ކައިރިން ދުއްވާފައި ދިޔަ ކާރެއް އެމަގުން ދުއްވާފައި ދިޔަ އެހެން ކާރެއްގައި ޖެހި، ކޮންޓްރޯލް ނުވެ ގޮސް، އެމަގުން ދުއްވާފައި ދިޔަ ބަހުގައި ޖެހިގެން ކަމަށެވެ.
އެކްސިޑެންޓް ހިނގި ވަގުތު ކޮންމެވެސް ވަރަކަށް ދިޔައީ މާލެއަށް ވާރޭވެސް ވެހެމުންނެވެ.
މި އެކްސިޑެންޓްގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވަނީ ގއ މާމެންދޫ އަމާނީ ރަޝީދު ކިޔާ އުނުރުން 23 އަހަރުގެ ޒުވާނެކެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އަމާނީގެ މޫނު ދުޅަވެފައިވާ ވަރުން ކާކުކަން ވަކިކުރަންދަތިއިރު ކަނދުރާވެސް އޮތީ ބިންދައިގެން ގޮސްފައެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ ބައެއް ފަހަރު މީހުން މަރުވެފައިވެސް އެބަހުއްޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ