ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ޖީއެސްޓީއާއި ޓީ-ޖީއެސްޓީއަށް ނަގާ މިންވަރު ބޮޑު ކުރަން ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް މިއަދު ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނިކޮށެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑެބިޓް ރީސްޓްރަކްޗަރ ކޮށްފައި ހަރަދު ކުޑަކޮށްފިނަމަ ޓެކްސް ބޮޑު ކުރާކަށް ނުޖެހޭނެ ކަމަށެވެ. އަދި ނަޝީދު އަކީ އެމްޑީޕީގެ ރައީސް އެމްޑީޕީގެ މަޖިލިސް މެންބަރަކަށްވީ ނަމަވެސް ސަރުކާރުން އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ޓެކްސް ބޮޑުކުރާން ނިންމީ ކަމަށެވެ.
ސަރުކާރުން ޖައްސަވާ ހިސާބު ބަލައެއް ނުގަނެވޭ ކަމަށާއި މިކަންކަން މިހެން ވާން މިޖެހެނީ ރައީސުލްޖުނުހޫރިއްޔާ މީގެން އެއްވެސް ކަމެއް ގާތުން ނުބައްލަވާތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރާއްޖެ މިދަނީ ދަރާން ކަމަށާއި ސަރުކާރުން ހެދި ގޯސް ބަލައިގަނެ އަވަހަށް ޕާޓީ އާއި މަޝްވަރާ ކުރުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
އަދި މިކަން ނުކޮށްފިނަމަ ނަޝީދުގެ އިތުބާރު ސަރުކާރަށް ގެއްލޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަޝީދަކީ ވެރިކަމާހެދި ކޮންމެފަދަ ވަާހަކައެއްވެސް ދައްކަފާނެ މީހެއް. މިއޮތް ހުރިހާ ދުވަހު ޓެކްސްގެ މޮޅުވާހަކަ ދެއްކިމީހެއް މިހާރު ކީކޭ މިކިޔަނީ.