މާލެ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ޓްރާންސްޕޯޓް މިނިސްޓްރީން ބޮޑުކޮށްފިއެވެ.
ޓުރާންސްޕޯޓް މިނިސްޓްރީން ވަނީ ގްރޭޓަރ މާލެ ސަރަހައްދުގެ ޓެކްސީ ދަތުރުގެ އަގަށް ބަދަލު ގެނެސް އެކަން އިއުލާނުކޮށްފައެވެ. އެގޮތުން މާލެ ހުޅުމާލެ ފިޔަވަހި އެކެއް އަދި ހުޅުމާލެ ފިޔަވަހި ދެއެއްގެ އެތެރޭގެ ދަތުރުގެ އަގަކީ 30 ރުފިޔާ އެވެ.
މާލެއިން ހުޅުމާލެ ފިޔަވަހި އެކަކަށް އަދި ހުޅުމާލެ ފިޔަވަހި އެކަކުން މާލެއަށް 85 ރުފިޔާއެވެ.
މާލެއިން ހުޅުމާލެ ފިޔަވަހި ދެއަކަށް އަދި ހުޅުމާލެ ފިޔަވަހި ދެއަކުން މާލެ ޓެކްސީ ދަތުރަކަށް ދެން ނަގާނީ 100 ރުފިޔާއެވެ. މާލެއިން ހުޅުލެއަށް އަދި ހުޅުލެއިން މާލެ ދަތުރަކަށް 70 ރުފިޔާ ނަގާއިރު ހުޅުމާލެ ފިޔަވަހި އެކަކުން ހުޅުލެއަށް އަދި ހުޅުލެއިން ހުޅުމާލެ ފިޔަވަހި އެކަކަށް ދެން ޓެކްސީ ދަތުރު ކުރާނީ 80 ރުފިޔާއަށް ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުންވެސް ހުޅުމާލެ ފިޔަވަހި ދެއަކުން ހުޅުލެއަށް 85 ރުފިޔާ ޓެކްސީ ދަތުރަކަށް ނަގާއިރު ހުޅުމާލެ ފިޔަވަހި އެކަކުން ފިޔަވަހި ދެއަކަށް ނެގޭނީ 40 ރުފިޔާ ކަމަށްވެސް ބުނެފައިވެއެވެ.