އެއްވެސް މީހަކު ނުބައިނުކޮށް މާލޭގެ މަގުތައް ހެދުމައިގެން އުޅުން ބުއްދިވެރި ކަމަށް މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ ވިދާޅުވީ މާލެ ސްޓްރީޓް ސްކްރޭޕިން ޕްރޮޖެކްޓްގައި އެއްވެސް މަގެއްގެ ވަކި ނަމެއް ޖަހާފައެއް ނޯންނާނެ ކަމަށާއި އޭރު އޮންނާނީ މުޅި މާލެ އެކުގައި އެހެނަސް އެންމެ ގިނައިން ފެން ހިންދަން ޖެހޭ މަގުތައް އިސްކޮށްފައި ކަމަށެވެ.
ޝިފާ ވިދާޅުވީ ދެ ފޮޅުވަތް ދޭތެރެއިންވެސް ވާހަކަ ދެކެވިދާނެ ކަމަށާއި އެންމެ ބުއްދިވެރި ގޮތަކީ އެއްވެސް މީހަކު ނުބައިނުކޮށް ކަންކުރުން ކަމަށެވެ.
މާލޭގެ އަމީނީ މަގަށް ދިމާވެފައިވާ މައްސަލަތަށް ހައްލުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްވެސް އެއްބަސްވުމެއް މާލެ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ)އާއި ދެމެދު ނޯންނާނެކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ނަމަވެސް މާލެ ސިޓީ ކައުންސިލުން ދަނީ ހައުސިން މިނިސްޓްރީއާއި އާރުޑީސީގެ މިވާހަކަތައް ދޮގު ކުރަމުންނެވެ.