ފުލުހުން ގެންގުޅޭ ކުއްތާތައް މަގުތަކަށް ނެރެގެން ހާއްސަ ތަމުރީނެއް ހިންގަން ނިންމައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ކޭ ނައިން ޑިޕާރޓްމަންޓް (ޑޯގް ސްކޮޑް) ގެ ހާއްސަ ތަމްރީނެއް މިއަދުމާލޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާނެ ކަމަށެވެ.
ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ގޮތް ނޭނގޭ އެއްޗެއް އޮތް ކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާއި ސިފައިން އިއްޔެ ވަނީ މާލޭގެ ތިން ސަރަހައްދެއް ބަންދުކޮށްގެން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މަގުމައްޗަށް މިއަދު ނެރެނީ ކިތައް ކުއްތާ ކަމެއް އަދި ކުއްތާ ތަމުރީނުތައް ހަދަނީ ކޮނަް ސަރަހައްދުތަކެއްގައި ކަންވެސް ފުލުހުން ހާމައެއް ނުކުރެއެވެ.