- Advertisement -ad image

އީދު ދުވަހާ ވަޅު އީދު ދުވަހު ހަވީރު ވެހިކަލް ނުދުއްވޭނެ

ad image

ގުޅުންހުރި ލިޔުންތައް

އީދު ދުވަހާއި ވަޅު އީދު ދުވަހުގެ ހަވީރުގެ ވަގުތުތަކަކީ ހިނގާފައި އުޅޭ ވަގުތުގެ ގޮތުގައި މާލެ ސިޓީކައުންސިލުން ހަމަޖައްސައިފިއެވެ.

އެގޮތުން އީދު ދުވަހާއި ވަޅު އީދު ދުވަހުގެ ހަވީރު ހަތަރަކުން ހަޔަކަށް ފައިމަގުގައި އުޅޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މިގޮތަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 59 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ. ނަމަވެސް އެ ވަގުތުތަކުގައި ހާއްސަ ހުއްދައިގެ ދަށުން މާލޭގައި އުޅަނދު ފަހަރު ދުއްވޭނެ ގޮތަށެވެ.

އީދު ދުވަހުގެ ވަކި ވަގުތުތަކެއް ފައިމަގުގައި އުޅުމަށް ހާއްސަކުރުމުގެ ގޮތުން މިދިޔަ ފިތުރު އީދުގައި ވެސް މާލެ ސިޓީ ކައުންސިލުން ވަނީ ދުއްވާ އެއްޗެހި ނުދުއްވާ ވަގުތު ކަނޑައަޅާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ