- Advertisement -ad image

މުހައްމަދު އިސްމާއިލްގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި

ad image

ގުޅުންހުރި ލިޔުންތައް

ބައިނަލް އަގުވާމީ ޔޯގާ ޑޭ ފާހަގަކުރުމަށް ބޭއްވި ހަރަކާތް ހުއްޓުވާ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ކުރީގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.

މި ހަމަނުޖެހުމާއި ގުޅިގެން އޭނާ ހައްޔަރު ކުރި ފަހުން ވަނީ ތިން ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.

މި މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބައިނަލްއަގުވާމީ ޔޯގާ ޑޭ ފާހަގަކުރަނިކޮށް ހަމަނުޖެހުން ހިންގި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް 21 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ޔޯގާ ދުވަސް ފާހަގަކުރަނިކޮށް ބަޔަކު ގަލޮޅު ދަނޑަށް ވަދެ، އެތަނުގައި ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވުމުން ކަމަށް އެއްބަސްވާ ކަމަށް އެ މުއައްސަސާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީގެކުރިން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ