- Advertisement -ad image

އައްޑޫސިޓީ މަރަދޫ ގެއެއްގެ ދަރުބަދިގެއެއްގައި ރޯވެ އަނދައިފި

ad image

ގުޅުންހުރި ލިޔުންތައް

އައްޑޫ ސިޓީ މަރަދޫ ގެއެއްގެ ދަރުބަދިގެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް މިއަދު 16:04 ހާއިރު އެމްއެންޑީއެފް  ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ކުރި މަސައްކަތުން ބަދިގޭގައި ހުރި ދަރުތަކުގައި ރޯވި އަލިފާން މިއަދު 17:15 ހާއިރު ވަނީ ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް ބަދިގެތެރޭގައި ގިނަ އަދަދަކަށް ލަކުޑިދަރު ހުރުމުން އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު 18:12 ހާއިރުއެވެ.

މީހުން ދިރިއުޅޭ ގެއަކާ އިންވެގެން ގާތްގަނޑަކަށް 4 ފޫޓް ދުރުގައި ހުރި މި ބަދިގޭގައި ރޯވި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ