- Advertisement -ad image

އާއްމު ތަންތާނގަޔާ އާއްމުން ގަޔަށް ކުލަޖެހުން ފިޔޯރީ ކައުންސިލުން މަނާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މި ހިނގާ 1443 ވަނަ އަހަރުގެ އަޟްހާ އީދުގައި އާއްމު ތަންތާނގާ އާއްމުން ގަޔަށް ކުލަ ޖެހުން ފަދަ ކަންކަން ކުރުމަކީ މަނާކަމެއް ކަމަށް ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލުން ނިންމައިފިއެވެ.
އެކައުން ނެރުނު އިއުލާނެއްގައި ބުނީ އިސްލާމީ އީދުތަކުގެ އެންމެ ބޮޑު އެއް މަގުސަދަކީ މުސްލިމުންގެ ތެރޭގައި އޮންނަ އަހުވަންތަ ކަމުގެ ގުޅުން ބަދަހިކޮށް ދީނީ ހަމަތަކުގެ ތެރެއިން މުޅި މުޖުތަމައުގައި އުފާވެރިކަން ފަތުރާލުން ކަމަށެވެ.

ނަމަވެސް އީދުތައް ފާހަގަކުރުމުގެ ނަމުގައި މަގުމަތީގައި އުޅޭ އާއްމުން ގަޔަށް ކުލަ ޖެހުމާއި ފެން ޖެހުން ފަދަ ކަންކަން މަދުން ނަމަވެސް މި މުޖުތަމައުން ފެންނަމުންދާ ކަމަށް އެ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ހުރިހާ ރައްޔިތުންވެސް މިކަމަށް ހާއްސަ ސަމާލުކަމެއްދީ މުޖުތަމައު އަމަން އޮމާން ކުރުމަށް ކުރާ މަސައްކަތަށް އެއްބާރުލުންދިނުމަށްވެސް ފިޔޯރީ ކައުންސިލުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ވަރަށް ރަނގަޅު ނިންމުމެއް. ހުރިހާ ރަށަކަށްވެސް ތިކަން ހަމަ މަނާ ކުރަންވީ. ތިޔައީ ކުޅިވަރެއް ނޫން. މީހުންނަށް ލިބޭ އަނިޔާއެއް. ހިންދީންގެ ކަމެއް. މަރުހަބާ ފިޔޯރީ ކައުންސިލް!!!!!

  2. ހުރިހާރަށެްއްވެސް ފިޔޯރީހެން ވާނަމަކިހީރަގަޅުވީސް އެއްމެނަންވެސް ހެޔޮވަސްނުންދެއްވާ ހެޔޮބަސް ގަބޫލު ކުރާބަޔެއްކަމުގާލައްވާށި ،،

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ