- Advertisement -ad image

ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާއްޖެއިން ފުރައިފި

ad image

ގުޅުންހުރި ލިޔުންތައް

އަވަށްޓެރި ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ރާއްޖެއިން ފުރައިފިއެވެ.
ލަންކާގެ އަސްކަރީ ބޯޓެއްގައި ރާޢްޖެ އައުމަށްފަހު ރާއްޖޭގެ ރިސޯޓެއްގައި އެއްދުވަސް ހޭދަ ކޮށް ގޮޓާބަޔަ ފުރާފައިވަނީ މިއަދު ހެނދުނު 11:30ގައި ސައުދީއެއާލައިންގެ ފްލައިޓަކުންނެވެ.

އެއާޕޯޓުުން ގޮޓާބަޔައަށް އަލްވަދާޢު ވިދާޅުވީ ލަންކާގެ މިހާރުގެ ސަރުކާރާ ހާއްސަ ގުޅުމެއް ބާއްވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ނަޝީދުގެ ގާތް ބައެއް މަޖިލީހުގެ މެމްބަރުންނެވެ.

ގޮޓާބަޔަ ވަޑައިގަންނަވާ ވަގުތާ ދިމާކޮށް ވީއައިއޭގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކުރިއިރު އިއްޔެ ވަނީ ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުން ސުލްހަވެރި އެއްވުމެއްވެސް ބާއްވާފައެވެ. ސައުދީއެއާލައިން ދަތުރު ކުރަނީ މާލެ އިން މެލޭޝިޔާގެ ކުއަލަލަމްޕޫރަށް އަދި ކުއަލަލަމްޕޫރުން ސައުދީގެ ޖިއްދާ އަށެވެ. މިދަތުރު ހަމަޖެހިފައި އޮތް ގޮތެއް ސާފެއް ނުވިއެވެ. ގޮޓަބަޔާ ވަޑައިގަންނަވަނީ ސިންގަޕޫރަށް ކަމަށާ އެ ގައުމުން އެމަނިކުފާނަށް ހިމާޔަތް އަރުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މެލޭޝިޔާއަށް ވަޑައިގަތުމަށް ފަހު އެ ގައުމުން ސިންގަޕޫރަށް ވަޑައިގަންނަވަނީ ކަމެއް ނުވަތަ މެލޭޝިޔާގައި މަޑުނުކުރައްވާ ސައުދީ އަަށް ވަޑައިގަންނަވަނީ ކަމެއް ޔަގީނެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ