- Advertisement -ad image

ފަޅު ރަށެއްގައި ބިދޭސީއަކަށް ވަޅިން ހަމަލާދީފި

ad image

ގުޅުންހުރި ލިޔުންތައް

ބ އަތޮޅު ފަޅު ރަށެއްގައި ވަޅިން ހަމަލާދީ ބިދޭސީއަކު ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ބުނީ ބ އަތޮޅު ފަޅު ރަށެއްގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީ ހިންގައި އެތަނުން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ރޭ 21:57 އެހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި މާރާމާރީގައި އަނިޔާވި 45 އަހަރުގެ މީހާއަށް އޭދަފުށި ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން ކަމަށާއި މި މީހާގެ ހާލު ކްރިޓިކަލް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މާރާމާރީ އާއި ގުޅިގެން 43 އަހަރުގެ ބިދޭސީއެއް ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ