- Advertisement -ad image

މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ސިފައިން ފެން ހިންދުމުގެ މަސައްކަތް ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

މާލޭ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) ގެ ސިފައިން ފަށައިފިއެވެ.

މި ގޮތުން، މިއަދު ހަވީރު 17:30 އިން ފެށިގެން ބޮޑުތަކުރުފާނުމަގު، ދުވާ ޓްރެކް ސަރަޙައްދުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށް  ޕަންޕު ބަހައްޓައިގެން އެފްއާރުއެސްގެ ސިފައިން މަސައްކަތް ކުރަމުންދާއިރު، އައިޖީއެމްއެޗް ސަރަހައްދުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ވެސް އެފްއާރުއެސްގެ ސިފައިން ކުރަމުންދެއެވެ.

ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
މެޓު އޮފީހުން ބުނީ ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑު ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ