- Advertisement -ad image

މިނިސްޓަރު އިމްރާން ވިދާޅުވަނީ ފާހިޝް އަމަލުތައް ތަކުރާރުވީމަ ފިޔަވަޅު ނާޅާ ދޫކޮށް ނުލާނެ ކަމަށް!

ad image

ގުޅުންހުރި ލިޔުންތައް

ފާހިޝް އަމަލުތައް ތަކުރާރުވާން ފެށުމުން ފިޔަވަޅު ނާޅާ ދޫކޮށް ނުލާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ މިގޮތަށް ވިދާޅުވިއިރު ބަންގްލަދޭޝްގެ ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާ ގިނަ ވީޑިއޯތަކެއް ލީކުވެ އެ ވީޑިއޯތަކުން ފެންނަ ދިވެހި އެއްވެސް ފިރިހެނަކު އަދި ހައްޔަރުކޮށް ތަހުގީގެއްވެސް ފަށާފައެއް ނުވެއެވެ.
ނަމަވެސް ފުލުހުންދަނީ އެ ވީޑިއޯގައި ފެންނަ ބަންގްލަދޭޝް ފިރިހެން މީހާ އަލަމްގިރި ހައްޔަރުކޮށްގެން ތަހުގީގެއް ކުރަމުންނެވެ.
ފުލުހުން ބުނެފައިވަނީ އެމީހާ ހައްޔަރުކުރީ ބްލެކްމެއިލްގެ މައްސަލަތަކަކާއި ގުޅިގެން ކަމަށެވެ.
މިނިސްޓަރ އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދީނުގެ ހުދޫދު ނެތިކޮށް، ގައުމުގެ އިޖުތިމާއީ ފޭރާން ވީދައި، ކޯފާއަށް ގައުމު ހުށަހަޅައިފަދަ ހަޑިހުތުރު މުޑުދާރު ފާހިޝް އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށީމާ ގާނޫނީ ހަމަތަކުގެ މަތިން އަޅަންވާ ފިޔަވަޅު އެޅުމަކީ ނުކޮށް ދޫކޮށްލާނެ ކަމެއް ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ