- Advertisement -ad image

ހައްގަކާއި ނުލާ އިލްމްވެރިއަކަށް އަނިޔާވެރިވުމަކީ، ހުރިހާ އިލްމްވެރިންނަށް އަނިޔާކުރުން ފަދަ ކަމެއް: ޑރ އަލީ ޒާހިރު

ad image

ގުޅުންހުރި ލިޔުންތައް

ދީނީ ކަމެއްގައި ހައްގަކާ ނުލާ އިލްމްވެރިއަކަށް އަނިޔާވެރިވުމަކީ، ހުރިހާ އިލްމވެރިންނަށް އަނިޔާކުރުން ފަދަ ކަމެއް ކަމަށް ޑރ އަލީ ޒާހިރު ބިން ސައީދު ގާސިމް ވިދާޅުވެއްޖެއެވެ.
ޑރ ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޯގާ އާއި ދެކޮޅަށް އަޑު އުފުލި ދެ ޝެއިހުން ހަމަނުޖެހުމުގައި ބައިވެރިވެފައި ނުވަނީސް ރަހުމްކުޑަގޮތަކަށް ހައްޔަރުކޮށްގެން ވާނުވާގައި ބޭތިއްބުން ގަބޫލެއް ނުކުރެވޭނެ ކަމަށެވެ.
ބައިނަލްއަގުވާމީ ޔޯގާޑޭ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގި މައްސަލާގައި ޝެއިހު ފަޒްލޫން އަދި ޝެއިހު ނިޝާން ވަނީ ހައްޔަރުކޮށް މުއްދަތު ޖަހާފައެވެ.
ގިނަ ބަޔަކު މިކަމާ ނުރުހުން ފާޅު ކުރަމުން ދާއިރު ޝެއިހު ނިޝާން އަދި ފަޒުލޫންވެސް ބުނެފައިވަނީ އެ ހަރަކާތުގެ ތެރެއިން ހިންގި ހަމަނުޖެހުމަށް އެއްބާލުން ދީފައިނުވާނެ ކަމަށާއި މަސައްކަތް ކުރީ އެ ހަމަނުޖެހުން ހިންގަން އުޅުނު ފަރާތްތައް މަޑުމަތިރި ކުރުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ޕޮލިސް ބޭނުންވަނީ އިލްމުވެރިންގެބަސް ކަޑވާލައް ރާޖެއިން ސަރުކާރުބޭނުނވާގޮތަށްއަމަލުކޮންގެން ވަޒީފާގަތިބެވޭނި ޔަހޫދީދީން ފަތުރަން ފަސޭހަވާނީވެސް ސަރުކާރުބޭނުންވާގޮތށް އަމަލުނުކުރާއިލްމުވެރިން ޖެހޭނީ ވަރަށްވޭނުގާއުޅެން އެކަމު ހަގީގީ ކާމިޔާބު އޮތީ އެބޭފުޅުންނަށް އިންޝާﷲ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ