- Advertisement -ad image

މައިންބަފައިންނަކީ ހެޔޮ ބަހަކުން އެބަޔަކާއި މުއާމަލާތު ކުރުން ވާޖިބު ބައެއް: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް

ހެޔޮ ބަހުން އެބަޔަކާއި މުއާމަލާތު ކުރުން ވާޖިބު މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ ކަމަށާއި އެމީހުންނާ މުހާތަބު ކުރާއިރު ބަސްމަގު ރިވެތިވާންޖެހޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުޟޫއަކީ “ހެޔޮ ބަސްބުނުން” މިއެވެ.
ހުކުރު ހުތުބާގައި ވަނީ ކޮންމެ މުއާމަލާތެއް ކޮންމެ މީހަކާއި ކުރި ކަމުގައި ވިއަސް ހެޔޮ ބަހަކުން ރީތިކޮށް ވާހަކަ ދެއްކުމުގެ މުހިންމު ކަމުގެ މައްޗަށަ އަލިއަޅުވާލާފައެވެ.
އެގޮތުން ދެމަފިރިންވެސް އެކަކު އަނެކަކާއި މުއާމަލާތު ކުރަންޖެހޭނީ ރިވެތި ބަހުން ކަމަށާއި އެކަކު އަނެކަކާއި ހުތުރު ބަހުން ވާހަކަ ދައްކާ އެކަކު އަނެކަކު ހިތުގައި ޖައްސާ އެ ދެ މީހުންގެ ދެމެދުގައި އޮންނަންޖެހޭ ލޯތްބާއި ކުލުނު ނެތިދާ ގޮތަށް ބަސްބުނެ އުޅެގެން ނުވާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
އަދި ހެޔޮ ބަހެއް ބުނުމަކީ ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަކަށް ނުވާއިރު އޭގައި ހިމެނޭނީ އެ ބަސް ބުނާ މީހާއަށާއި އަޑުއަހާ މީހާއަށް މަންފާ އާއި ލާބަ ކަމަށެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ ނުބައި ބަސްތަކުގައި ހަރުދަނާ ކަމެއް ނުހުންނާނެ ކަމަށާއި އޭގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭނެއެވެ.
އެފަދަ ބަސްތަކުގެ ސަބަބުން މީސްތަކުންނަށް މަގު އޮޅޭނެ ކަމަށާއި އެކަކު އަނެކަކާއި ޖެހި މޫނު ކެނޑުމަށްވެސް ދިމާވާ ސަބަބަކަށް މިކަންވާ ކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ