- Advertisement -ad image

މަންކީޕޮކްސް ގިނައިން ފެތުރިފައިވަނީ ފިރިހެނުންގެ މެދުގައި ހާއްސަކޮށް އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި: އެޗްޕީއޭ

ad image

ގުޅުންހުރި ލިޔުންތައް

މަންކީޕޮކްސް އާއްމުގޮތެއްގައި ގިނައިން ފެތުރިފައިވަނީ ފިރިހެނުންގެ މެދުގައި ކަމަށާއި ހާއްސަކޮށް އެއްޖިންސުން ގުޅުންހިންގައި މީހުންގެ މެދުގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެ އެޖެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީގެ އިތުތުންވެސް އަންހެނުންނާއި ކުޑަކުދިންގެ މެދުގައިވެސް މި ބަލި މަދު މިންވަރަކަށް ވަނީ ފެނިފައި ކަމަށެވެ.

އެޗްޕީއޭގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މަންކީޕޮކްސް އަލަށް ފެންނަމުންދާ ގައުމުތަކުގައި މިބަލި ފެންނަމުންދަނީ ވަކި ޖަމާއަތްތަކެއްގެ މެދުގައި ކަމުގައިވީނަމަވެސް އަދި ބަލީގައި ހާލު ދެރަވާ މިންވަރު ކުޑަ ނަމަވެސް ބަލި ފެތުރޭ ގޮތް ތަފާތުވުމާއި، ގިނަ ގައުމުތަކެއްގައި މިބަލި ހަލުވި ކަމާއެކު ފެތުރެމުން ދިއުމަކީ ނުހަނު ބޮޑަށް ކަންބޮޑުވުން އޮތްކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

އަދި މިވަގުތު މިބައްޔަށް ޓެސްޓް ކުރެވޭނެގޮތާއި ބައްޔަށް ފަރުވާ ކުރާނެ ބޭހާއި ބަލިން ރައްކާތެރިވުމަށް ދެވޭނެ ވެކްސިން ފަދަ ވަސީލަތްތައް ދުނިޔޭގައި ވަރަށް މަދު ކަމަށާއި އެހެންކަމުން ދުނިޔޭގެ ގައުމުތަކުން ގުޅިގެން މިބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރުން މިއީ ނުހަނު މުހިންމު ކަމެއް ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މަންކީޕޮކްސްގެ އައުޓު ބްރޭކްގައި 1 ޖެނުއަރީ 2022 އިން ފެށިގެން 20 ޖުލައި 2022 ގެ ނިޔަލަށް 72 ގައުމަކަށް މިބަލި ފެތުރި 14،000 އަށްވުރެ ގިނަ ކޭސް ފެނި މިބަލީގައި މިހާތަނަށް 5 މަރު ރިޕޯޓްކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް އަދި ރާއްޖެއިން މިބަލި ޖެހިފައިވާ މީހަކު ނުފެނުނު ކަމުގައިވިއަސް ސިއްހީ އެހީތެރިން މި ބައްޔަށް އަހުލުވެރިކޮށް ޓެސްޓްކުރެވޭނެގޮތް ގާއިމުކުރުމުގެ މަސައްކަތް ޖުރަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ