- Advertisement -ad image

މިނިވަން މުސްތަގިއްލު، އަމިއްލަ ވެރިކަމެއްގައި ދެމިތިބުން ނޫން ގޮތަކީ، ދިވެހިން ރުހޭގޮތެއްނޫން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


މިނިވަން މުސްތަޤިއްލު، އަމިއްލަ ވެރިކަމެއްގައި ދެމިތިބުން ނޫން ގޮތަކީ، ދިވެހިން ރުހޭ ގޮތެއްނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތާއި ގުޅުވައިގެން މިއަދު ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، ދުނިޔޭގައި ހިނގާ ތަފާތު ފިކުރީ އޮއިވަރުން ނެއްޓި ، މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުން އަބަދުވެސް ލާޒިމް ކަމަށެވެ.
އަދި އެކަމަށްޓަކާ އެންމެ ފުރަތަމަ ރައްކާތެރިވެ ޙިމާޔަތްކުރަން ޖެހެނީ، އަޅުގަނޑުމެންގެ އީމާނާ ޢަޤީދާ އަދި މާތްވެގެންވާ އިސްލާމްދީން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަމުގެ ތާރީޚަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިންނަކީ ފެށުނީއްސުރެ، މިނިވަންކަމަށް ލޯބިކުރާ ބައެއްކަމަށާއި، އެކީ އެކަތިގަނޑެއްގެ ގޮތުގައި، މިނިވަންކަމަށްޓަކާ ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ދިވެހިން ވަނީ ވެފައި ކަމަށެވެ.
މިގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މިނިވަންކަމަށްޓަކައި ޖިހާދު ކުރެއްވި ބަޠަލުންގެ ޒިކުރާ އައުކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިނިވަންކަމަށްޓަކައި، ކޮންމެ ޤައުމެއްގެވެސް ޚާރިޖީ އަދި ދާޚިލީ ސިޔާސަތުގެ ދައުރު މުހިއްމު ކަމަށާއި، މި ސަރުކާރުގެ ކޮންމެ ސިޔާސަތަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާ، ތަރައްޤީއާ، ކުރިއެރުމަށް ލާބަހުރި، ފަހި ސިޔާސަތެއް ކަމަށެވެ. އަދި ދިވެހިދައުލަތް ހިނގަމުން ދަނީ ފުރިހަމަ މިނިވަން ކަމާއި އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ