- Advertisement -ad image

ދިވެހިން އަމިއްލަ ގައުމުގައި ބިކަވެއްޖެ: ޖަމީލް

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިން އަމިއްލަ ޤައުމުގައި ބިކަވެއްޖެ ކަމަށާއި ގޮތް ނިންމަނީ ބޭރު ބައެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރަމުންދާ 57 ވަނަ މިނިވަންދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު އެއްވެސް ކަމެއް ދިވެހިންނަށް ނޭނގޭ ކަމަށާއި އެންމެ ފަހުން ޤާނޫނުތައް ބަދަލުކޮށްގެން ސިޔާސަތުތަކަށް ބޯލަނބަން މަޖުބޫރުކުރުވަނީ ކަމަަށެވެ.
އިސްތިޢުމާރީންގެ ހުރިހާ ސިފަތަކެއް އެބަފެންނަ ކަމަށާއި ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުން މިވެރިކަމުގައި ފެންނަމުންދާ ކަމަށެވެ.
ވަކި ޤައުމެއް ރުއްސަން ސިޔާދަތުވެސް ޤުރުބާން ކުރަނީ ކަމަށާއި ވަކި ޤައުމެއްގެ މައްޗަށް ޤާނޫނު ނުހިނގާ އިރު ރާއްޖޭގައި ކިތަންމެ ކުށެއްކުރިޔަސް އެ ޤައުމަކަށްވީތީ ފިޔަވަޅެއް ނޭޅޭ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
އެމީހުންގެ އެންގުމަށް އަމިއްލަ ރައްޔިތުންނަށް އަނިޔާދެނީ ކަމަށާއި ވެރިޔަކު މިނިވަން ގައުމެއްގެ ސިޔާދަތަށާއި، މިނިވަންކަމަށް ޣައްދާރުވުމަށް ވުރެ ވަކިން ބޮޑު ކުށެއް އޮންނާނެތޯ ޑރ ޖަމީލް ވަނީ ސުވާލުކޮށްފައެވެ. އަދި ރައީސް ސާލިހު އަކީ ބޭރު ބައެއްގެ ގޮޑިކޮއެްކޮއެއް ކަމަށާއި ލޯމަރައިގެން ތިބެން ހެޔޮނުވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ