ލ ގަމުގެ ތުނޑީ އަވަށުގެ ބަނދަރަށް ކާރެއް ވެއްޓިއްޖެއެވެ.
މިއަދު ހެނދުނު 10 ޖަހާ އެހާކަންހާއިރު ހިނގި މިހާދިސާގައި ކާރު ދުއްވަން އިނީ އަންހެނެކެވެ.
ބަނދަރުގެ މޫދަށް ކާރު ވެއްޓުމުން ދުއްވަން އިން އަންހެން މީހާ ސަލާމަތްވީ ކާރު މޫދަށް ވެއްޓެންދިޔަ ވަގުތު ދޮރު ހުޅުވާފައި ހުރުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެކްސިޑެންޓްވި ކާރު މިހާރު ވަނީ އަޑިއަށް ގޮސްފައެވެ.
ފުލުހުން ބުނީ މި ހާދިސާގައި ކާރު ދުއްވަން އިން މީހާ އަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި ކާރު މޫދަށް ވެއްޓިފައިވަނީ ދުއްވާފައި ދަނިކޮށް ގަލަކަށް އެރުނު ވަގުތު ރޭސް އަށް ފިއްތާލެވިގެން ކޮންޓްރޯލް ނުވެގެން ކަން މިހާތަނަށް ބެލި ބެލިމުން އެނގިފައިވާ ކަމަށެވެ.



