- Advertisement -ad image

ރައީސް ސާލިހު އިންޑިއާއަށް ފުރާވަޑައިގެންފި

ad image

ގުޅުންހުރި ލިޔުންތައް

އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ފުރައިވަޑައިފެންފިއެވެ.
ރައީސް ސާލިހުގެ މިދަތުރުފުޅަކީ ހަތަރު ދުވަހަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގައި ބޮޑު ވަޒީރު މޯދީގެ އިތުރުން އިންޑިއާގެ ރައީސް ޑްރޮޕާޑީ މުރުމޫގެ އިތުރަށް އިންޑިއާގެ އިސް މަސްއޫލުވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
އަދި މީގެ އިތުރުންވެސް ރާއްޖެއާއި އިންޑިއާގެ މެދުގައި އިތުރު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)ތަކެއްގައި ސޮއިކުރަން ހަމަޖެހިފައިވާކަމަށްވެސް ރައީސް އޮފީހުން ހާމަކޮށްފައިވާއިރު އިންޑިއާއާއި ރާއްޖޭގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާމެދު މަޝްވަރާކުރައްވާނެއެވެ.
މިދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އިސްވެރިންގެ އިތުރުން ދިއްލީ އާއި މުމްބާއީގެ ވިޔަފާރިވެރިންނާވެސް ރައީސް ސާލިހު ބައްދަލުކުރާގޮތަށް ހަމަޖެހިފައިވެއެވެ.
ރައީސް ސާލިހުގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެވަޑައިގަންނަވާނީ އޮގަސްޓްމަހުގެ ހަތަރުވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ