- Advertisement -ad image

ރައީސް ނަޝީދުގެ ފޯނު ޖަހައިގަންފި

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފޯނު ޖަހަގަންފިއެވެ.
މި ކަން ހިނގާފައިވަނީ މިއަދި އެމަނިކުފާނު އިނގިރޭސިވިލާތުގެ ރެސްޓޯރަންޓެއްގައި ފަރިއްކުޅުވަން އިންނަވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ރައީސް ނަޝީދުގެ ދަރިކަނބަލުން ފޮނުވި މެސެޖެއް ހިއްސާކުރައްވާފައެވެ.
މި މެސެޖުގައި ބުނެފައިވާ ގޮތުން ރައީސް ނަޝީދު އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ފަރީކުޅުއްވަން އިންނަވަނިކޮށް މީހަކު އައިސް ރައީސް ނަޝީދުގެ ފޯނު ޖަހައިގަނެގެން ދުވެ ފިލީއެވެ.
އަދި ރައީސް ނަޝީދުގެ ނަމްބަރު ބްލޮކް ކުރުމަށް ރައީސް ނަޝީދުގެ ދަރިކަނބަލުން އެ މެސެޖްގައި އެދިފައިވެއެވެ.

ރައީސް ނަޝީދުގެ ނަމްބަރު މިހާރު ވަނީ މަޖިލީހުގެ ރަސްމީ ވަޓްސް އަޕް ގުރޫޕުންވެސް ބޭރުކޮށްފައެވެ.
ރައީސް ނަޝީދުގެ ފޯނު ޖަހައިގެންފައި މިވަނީ ރައީސް ސާލިހު ބަދުއަހުލާގީ އަމަލު ހިންގާ 4 ފޮޓޯއެއް ލިބިފައިވާ ކަމަށް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ