- Advertisement -ad image

4 ފޮޓޯ އާއެކު ނަޝީދުގެ ފޯނު ޖަހައިގަތުމަކީ ގަރުނުގެ އެންމެ ބޮޑު ޖޯކް: ރޮޒައިނާ

ad image

ގުޅުންހުރި ލިޔުންތައް

4 ފޮޓޯ އާއެކު ރައީސް ނަޝީދުގެ ފޯނު ޖަހައިގަނެގެން ދިއުން މީ ގަރުނުގެ އެންމެ ބޮޑު ޖޯކް ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާަޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ކެފޭއެއްގެ ތެރޭގައި ކާން ތިއްބާ ނަޝީދުގެ ފޯނު މީހަކު ފޭރިގަނެގެން ދިޔައީ ކަމަށް ބުނެ ނަޝީދުގެ ދަރިފުޅު މަޖިލީހުގެ ނައިބު ރައީސް އީވާ އަށް ކުރި މެސެޖެއް ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ވަޓްސްއަޕް ގުރޫޕަށް ލާފައިވަނީ މިއަދުއެވެ.
މިކަމާ ގުޅިގެން ރޮޒައިނާ އޭނާ ފޭސްބުކްގައި ވަނީ މީހުންގެ ބޮލުގައި ދޮގުހަދައިގެން އިލްޒާމު އަޅުވާފައި މިއަށްވުރެ ހަމަޖެހޭ ވާހަކައެއް ދައްކަން ނޭންގުނީތޯ ސުވާލު ކުރައްވާފައެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައި މިވަނީ ރައީސް ސާލިހު ބަދުއަހުލާގީ އަމަލު ހިންގާ 4 ފޮާޓޯގަނޑު ލިބިފައިވާ ކަމަށް ނަޝީދު ވިދާޅުވެފައިވާތީއެވެ.
ނަޝީދު ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް މީހަކު އޭނާއަށް ހަތަރު ފޮޓޯއެއް ފޮނުވާފައިވާ ކަމަށެވެ.
ރޮޒައިނާ ވަނީ އެދުވަހުވެސް އެފޮޓޯތައް ގުރޫޕަށްލުމަށް ނަޝީދު ކައިރީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ