ޒަހަމްތަކަކާއެކު މަރާލާފައިވާ އަންހެނެއް މާލޭގެ ގެއަކުން ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ މާލޭގެ ގެއެއްގައި ޒަހަމްތަކަކާއެކު އަންހެނަކު މަރާލާފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު ސީން އިން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ހާދިސާ ހިނގާފައިވަނީ މާލޭގެ ބޮޑުތަކުރުފާނު މަގުން ހެންވޭރުގައި ހުންނަ ޗީބޯ ކެފޭގެ ކަންމައްޗަކަށް ހުންނަ މަގުގައި ހުރި ގެއެއްގެ ތެރޭގައި ކަމަށްވެސް މައުލޫމާތުލިބެއެވެ.
ގިނަ އަދަދެއްގެ ފުލުހުން އަންނަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ބައެއް މީޑިއާތަކުން ހާމަކޮށްފައިވާގޮތުން އަންހެންމީހާގެ ކަރުވެސް ވަނީ ބުރިކޮށްލާފައެވެ.