- Advertisement -ad image

ދޫކުރަން ހެޔޮނުވާވަރުގެ ނުރައްކާތެރި މުޖުރިމުން އެބަތިބިކަން ގަބޫލު ކުރަންޖެހޭ: ޖަމީލް

ad image

ގުޅުންހުރި ލިޔުންތައް

އެއްވެސް ޙާލެއްގައި ދޫކުރަން ހެޔޮނުވާވަރުގެ ނުރައްކާތެރި މުޖްރިމުން އެބަތިބިކަން ޤަބޫލްކުރަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ބޮލާ ހަތަރެސްފައި ވަކިކޮށް އަނިޔާވެރި ގޮތަކަށް ރޭ މާލެއިން އަންހެނަކު މަރާލާފައިވާ މައްސަލައަށް އިޝާރާތް ކޮށް ކުރެއްވި ޓުވީޓެއްގައި ޑރ ޖަމީލް ވިދާޅުވީ، އަޑުއިވިގެން މިދިޔައީ އިންތިހާއަށް ބިރުވެރި ކުށެއްގެ ވާހަކަ ކަމަަށެވެ.
އަދި ދެންވެސް މަރުގެ ހުކުމް ތަންފީޒްނުކުރާނެ ވާހަކަ ސަރުކާރުން ދެއްކުމަކީ ގޯސް މެސެޖެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.
އެހެންކަމުން އެއްވެސް ޙާލެއްގައި ދޫކުރަން ހެޔޮނުވާވަރުގެ ނުރައްކާތެރި މުޖްރިމުން އެބަތިބިކަން ޤަބޫލްކޮށް ހަމައެކަނި ޙައްލު އޮތީ މަރުގެ ޙުކުމް ތަންފީޒްކޮށްގެން ކަމަށް ޖަމީލް ވިދާޅުވިއެވެ.
އަންހެން މީހާ މަރާލި މައްސަލާގައި ވަނީ އޭނާގެ ލޯބިވެރިޔާ ހައްޔަރުކޮށް ތަހުގީގު ނިމެންދެން ބަންދުވެސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ