ގާނޫނު ހިނގަންވީ ރުޅި އަންނަ މީހާ އާއި ދެކޮޅަށް ނޫން ކަމަށާއި ގާނޫނު ހިންގަންވާނީ އެންމެނާއި މެދު އެއް ހަމައަކުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީން އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ލިވާތު ކުރި މައްސަލާގެ ތުހުމަތު ކުރެވޭ ގިނަ ބަޔަކު ނުޖުތަމައުގައި ތިބި އިރު ހައްޔަރުގައި ވަކި ބަޔަކު ތިބުމުން ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓެއްގައި ޝަހީމް ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވުނު ވަކި ފަރާތްތަކެއް ހައްޔަރުގައި ތިބިއިރު ދެން ތިބި ފަރާތްތައް މުޖުތަމަޢުގަ ދޫވެފައި ނޫނީ މަޤާމްތަކުގައި އެބަތިބި ކަމަށެވެ.
އެހެންކަމުން ޤާނޫނު ހިންގަންވާނީ އެންމެނާ މެދު އެއް ހަމައަކުން ކަމަށާއި ގާނޫނަކީ ހަމައެކަނި ރުޅި އަންނަ މީހާގެ މައްޗަށް ހިންގަން އޮންނަ އެއްޗެއް ނޫން ކަމަށެވެ.
އަލަމްގިރި އާއި އެއްކޮށް އެއްޖިންސުން ގުޅުން ހިންގި ގިނަ ބައެއްގެ ވީޑިއޯތަކެއް މިހާރު އާއްނުވެފައިވާއިރު ރިޕޯޓްތައް ބުނާގޮތުން ބަންގްލަދޭޝްގެ އަލަމްގިރި އާއެކު 250 އަށްވުރެ ގިނަ ދިވެހިން ވަނީ ގުޅުން ހިންގާފައެވެ.
.މީގެ ތެރޭގައި ޓީޗަރުންނާއި ކުރީގެ މަޖިލިސް މެންބަރުންނާއި ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އިތުރުން ފުލުހުންނާއި ކަސްޓަމްސްގެ އިސް ބައެއް ވެރިންވެސް ހިމެނެއެވެ