- Advertisement -ad image

ގައުމުގައި ނަޖިސް އާއްމުވެފައި މިވަނީ ކަންބޮޑުވާ ދަރަޖައަށް: އަލީ ޒައިދު

ad image

ގުޅުންހުރި ލިޔުންތައް

ގައުމުގައި ނަޖިސް އާއްމުވެފަައި މިވަނީ ކަންބޮޑުވާ ދަރަޖައަށް ކަމަށާއި
ގައުމު މިއޮތީ މާތް ﷲ ކަނޑައެޅުއްވި ފިތުރަތުގެ މަގާ މުޅިން ދިމާ އިދިކޮޅުން ޖިންސީ ބަލިމަޑުކަމެއްގައި ކަމަށް ޝެއިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިވެމުންދަނީ ލަދުވެތި ހަބަރުތަކެއް ކަމަށާއި މިފަދަ އަމަލުތައް ހިންގާއިރު ލަދެއް ބިރެއް ޖެހިލުމެއް ހަމަ އެކައްޗެއްވެސް ނެތީތޯ ސުވާލު އުފެދޭ ކަމަށެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރި އާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު މަގާމުން ވަކިކުރީ އިއްޔެއެވެ.
އަލަމްގިރިއާއެކު ރާފިއު ލިވާތު ކޮޓަރީގައި ހުއްޓާ ފެންނަ ވީޑިއޯއެއް އާންމުވެފައިވަނީ ރޭގެ ވަގުތެއްގައެވެ.

އަލަމްގިރި އާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާއްމުވަމުންދާއިރު ވީޑިއޯތަކުން ފެންނަ ބައެއް މީހުން މިވަގުތު ފުލުހުންގެ ބަންދުގައިވެސް އެބަތިއްބެވެ.

މީގެ ތެރޭގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު ކާނަލް ނަޝީދުގެ އިތުރުން ނޫސްވެރިޔާ ނަސީރުވެސް ހިމެނެއެވެ. ވީޑިއޯތަކުން ފެންނަ ބައެއް މީހުން މުޖުތަމައުގައި އުޅެމުންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންވެސް ފާޅު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ