- Advertisement -ad image

ޅަވިޔަނި ޓާޓުލް ފެސްޓިވަލް އޯގަސްޓް 27 ގައި ނައިފަރުގައި!

ad image

ގުޅުންހުރި ލިޔުންތައް

ދުނިޔެއިން ނެތިގެން ހިނގައިދޭނެކަމަށް ބެލެވޭ ވެލާ ކަނހަބު ބާވަތްތަކާ ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމާއި، ތިމާވެށީގެ ނާޒުކު މައްސަލަތަކާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް ކޮންމެ އަހަރަކު ރާއްޖޭގައި ބާއްވަމުންދާ އެންމެ ބޮޑު ތިމާވެށީގެ ފެސްޓިވަލް ކޮޥިޑްގެ ބަލިމަޑުކަމާއި ގުޅިގެން 2 އަހަރުގެ މެދުކެނޑުމަކަށް ފަހު މިހިނގާ އޯގަސްޓް މަހުގެ 27 ވާ ހޮނިހިރު ދުވަހު ނައިފަރު ވެލާ ބީޗް ސަރަޙައްދުގައި ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައްވުމަށް ނައިފަރުގެ އަމިއްލަ ޖަމްޢިއްޔާއެއްކަމުގައިވާ ނައިފަރު ޖުވެނައިލްއިން ފަށައިފިއެވެ.

މި ފެސްޓިވަލަކީ ދުނިޔެއިން ނެތިގެން ހިނގައިދޭނެކަމަށް ބެލެވޭ ވެލާ ކަނހަބު ބާވަތްތަކާ ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމާއި، އުކާލެވޭ ކުނީގެ ބާވަތްތަކުގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތަކަށް މީހުން ހޭލުންތެރިކުރުވުމަށާއި، އެތަކެތި ބޭނުންކޮށްގެން ކުރެވިދާނެ ކަންކަމާއި، މަސައްކަތްތައް ޢާމުންނަށް ދައްކާލުމަށާއި، ތިމާވެށީގެ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށާއި އަދި މިފަދަ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކާއި މުއައްސަސާތައް އެއްތަނަކުން ބައްދަލުވެ ޚިޔާލު ބަދަލުކުރުމާއި، މަޢުލޫމާތު ޙިއްޞާކުރުމަށާއި، ތިމާވެއްޓާއި ގުޅޭ މުޙިންމު ތަފާތު މަޢުލޫމާތުތައް އެއްކުރުމުގެ ބޭނުންމުގައި 2016 ވަނަ އަހަރުންފެށިގެން ކޮންމެ އަހަރަކުވެސް ނައިފަރު ޖުވެނައިލްއިން ރާވާ ހިންގަމުން އަންނަ ފެސްޓިވަލެކެވެ.

މި ފެސްޓިވަލުގައި ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ޅ. އަތޮޅުގެ ރިސޯޓުތަކުންނާއި، ސްކޫލްތަކުން އަދި ނ، ރ އަދި ބ އަތޮޅުގެ ރިސޯޓުތަކާއި މިއަތޮޅުތަކުގެ ބައެއް ސްކޫލަކުން ބައިވެރިވާނެކަމަށް އެޖަމްޢިއްޔާއިން މަޢުލޫމާތު ދެއެވެ.

މިފެސްޓިވަލްގައި އުކާލެވޭ ކުނީގެ ބާވަތްތައް ބޭނުންކޮށްގެން ތަކެތި ތައްޔާރުކުރުމުގެ ތަފާތު މުބާރާތްތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެޖަމްޢިއްޔާއިން މަޢުލޫމާތު ދެއެވެ.

މި މުބާރާތްތަކުގައި ވާދަކުރާ ސުކޫލްތަކާއި، އަމިއްލަ ފަރާތްތަކުގެ ތެރެއިން ވަނަވަނަ އަށް އަންނަ ފަރާތްތަކަށް ސްޕޮންސަރުންގެ ފަރާތުން ތަފާތު އިނާމްތައް ހުށައަޅާފައިވާކަމަށް ނައިފަރު ޖުވައިނަލް އިން މަޢުލޫމާތުދެއެވެ. މިގޮތުން ސޮނޭވާ ޖާނީގެ ފަރާތުން ހުށަހަޅާފައިވާ ސޮނޭވާ ޖާނީ ރިސޯރޓްގައި 1 ރޭގެ ހުރުމާއި، ރީފް ސެކޭޕަރ ގެ ފަރާތުން ހުށަހަޅާފައިވާ ލަނޑާގިރާވަރު ރިސޯރޓްގައި ކޮރަލް ފްރޭމްއެއް 1 ވަނައަށް ހޮވޭ ފަރާތެއްގެ ނަމުގައި ބެހެއްޓުން ފަދަ އިނާމްތައް ހިމެނެއެވެ. މިފެސްޓިވަލްއާއި ގުޅިގެން މިހާރުވެސް އާއްމުކޮށް ހުޅުވާލައިގެން ފޮޓޯ ގްރަފީ ކޮމްޕެޓިޝަންއެއް ދަނީ ކުރިޔަށް ގެންދަމުންނެވެ. އަދި ކުރިޔަށް ހުރި މުބާރާތްތަކުގެ މަޢުލޫމާތުތަކާއި ފެސްޓިވަލްއާއި ގުޅޭ ފަހުގެ މަޢުލޫމާތުތައް އެޓޯލް މެރިންސެންޓަރ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

އަދި ތިމާވެއްޓާއި ވެށީގެ ނާޒުކުކަން ބުނެދިނުމަށް އެކަމާއި ގުޅޭ ސްޓޯލްތައްވެސް މި ފެސްޓިވަލްގައި ހުންނާނެކަމަށް އެ ޖަމްއިއްޔާއިން މައުލޫމާތު ދެއެވެ. މިގޮތުން އީޕީއޭ، އޮލިވްރެޑިލީ ޕްރޮޖެކްޓް، މަންތާ ޓްރަސްޓް އަދި ރީފްސްކޭޕަސް ފަދަ ފަރާތްތަކުން މިފެސްޓިވަލްގައި ބައިވެރިވެއެވެ. ނައިފަރު ޖުވައިނަލުން އިތުރަށް މަޢުލޫމާތުދޭ ގޮތުން މީހުން ހޭލުންތެރިކުރުމުގެ އިތުރުން ތަފާތު މުނިފޫފިލުވުމުގެ ޙަރަކާތްތަކާއި އެކު ކުރިޔަށްގެންދާ މިފެސްޓިވަލްގައި ޚާއްޞަ މެހްމާނެއްގެ ގޮތުގައި ކޮމިޑިއަން ކާއްޓޭއާއި މިނޫންވެސް އިތުރު ފަންނާނުންގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ.

މިއަހަރުގެ ފެސްޓިވަލްގައި ޓައިޓްލް ސްޕޮންސަރއަކީ ސިކްސް ސެންސަސް ކަނުހުރާ އެވެ. މެއިންސްޕޮންސަރ އަކީ ކޯރާ ކޯރާ މޯލްޑިވްސް އެވެ. ކޯސްޕޮންސަރުގެ ގޮތުން ކޮކޫން މޯލްޑިވްސް އަދި ސޮނޭވާ ޖާނީ އެވެ. ކޯ ސްޕޮންސަރ ޕްލަސްގެ ގޮތުން ރީތި ބީޗް އަދި ނައިފަރު ކައުންސިލް އެވެ. މި ފެސްޓިވަލްގެ އޮފިޝިއަލް ފޮޓޯގްރަފީ ޕާރޓްނރއަކީ އައި ޝަޓަރ އެވެ.

ނައިފަރު ޖުވެނައިލް އަކީ އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމް 2017 ވަނަ އަހަރު ލިބިފައިވާ ޖަމްޢިއްޔާއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ