- Advertisement -ad image

އަލަމްގިރި މައްސަލަ: ފުރައިގެންދިޔަ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ބަންގލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އަލަމްގިރި އާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައާއި ގުޅިގެން ތަހުގީގު ކުރަނިކޮށް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގެ ތަހުގީގުގައި މީހުން ދެނެގަނެ ފުރުން މަނާ ކުރުމުގެ އަމުރު ނެރުނު އިރު ބައެއް މީހުން ރާއްޖެއުން ފުރާފައިވާ ކަން އެނގިފައިވާ ކަމަށެވެ.
އަދި އެމީހުންގެ މައްސަލަތަކުގެ ތަހުގީގު ދަނީ ކުރަމުން ކަމަށާއި އެމީހުން ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ އަލަމްގިރި މައްސަލާގައި މިހާތަނަށް ހައްޔަރު ކުތީ 3 މީހުން ނަމަވެސް 18 ދިވެހިންގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ