- Advertisement -ad image

ރައްޔިތުންގެ ހެވާ ލާބައަށް އެދިގެން ވަތަނީ ފިކުރެއްގައި މަސައްކަތް ކުރާ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ ހެވާ ލާބައަށް އެދިގެން ވަތަނީ ފިކުރެއްގައި މަސައްކަތްކުރާ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.
ތ.ގާދިއްފުށީ ކައުންސިލުގެ ހުސްވެފައިވާ އަންހެނުންގެ ގޮނޑިއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ ޢަބްދުލްހާދީ ހޮވައިދިނުމަށް އެދިވަޑައިގެން އެ މަނިކުފާނު ރޭ ޢާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ރަށު ފެންވަރުގައި ވެސް ބަސްވިކޭ ރަސްމީ މަޤާމުތަކުގަ ތިއްބަވާ ބޭފުޅުންނަކީ ޤައުމުގެ ހާލަތު ބަދަލުކޮށް, ޤައުމުގެ ރައްޔިތުން އެދޭ އަމާން, އުފާ ފާގަތި ތަނަވަސް ރާއްޖެއަކަށް ބަދަލުކުރަން މަސައްކަތްކުރެވޭނެ ބޭފުޅުން ކަމަށެވެ.
އަދި މިފަދަ މަޤާމުތަކުގައި ތިއްބަވަނީ ޕީޕީއެމްގެ ބޭފުޅުންނަމަ ޤައުމު އިސްލާހުކުރަން ޕީޕީއެމްއިން ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް 2023 ގެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްއަކީ ވަތަނީ ފިކުރުގަ މިހާރު މި އޮތް ހާލަތުން އަނެއްކާ ވެސް އަނބުރާ ދިވެހިރާއްޖޭގެ ގޮތުގައި ދިއުމަށްޓަކާ މަސައްކަތްކުރާ ޕާޓީއެއް ކަމަށް ވާއިރު މި އިންތިހާބުގައި ގާދިއްފުށީގެ ލޮބުވެތި ރައްޔިތުންގެ އަރިހުން އެދެނީ ސިޔާސީ ނުފޫޒު ގާދިއްފުށީގެ ރައްޔިތުންގެ ހާލަތު ބަދަލުކުރުމަށް ފޯރުވައިދެއްވިދާނެ މެންބަރަކަށް ހައްވާ ޢަބްދުލްހާދީ ހޮވާދިނުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ