- Advertisement -ad image

ސްކޫލްތަކަށް އެޑިއުކޭޝަނުން އެންގީ އިނގިރޭސި ފޮތުގެ އެ ގަނޑުކަނޑަން!

ad image

ގުޅުންހުރި ލިޔުންތައް

ގުރޭޑް އަށެއްގެ އިނގިރޭސި ފޮތުގައި އިސްލާމް ދީނުގެ އަސާސުތަކާއި ހިލާފު ވާހަކަތަކެއް ހުރި ކަމަށްބުނާ ގަނޑު ކެނޑުމަށް ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގާފައިވަނީ ގްރޭޑް އަށެއްގެ އިނގިރޭސިފޮތުގެ ސަފްހާ ހަތެއް އަދި އަށެއް މި ދެ ގަނޑު ފޮތުން ކެނޑުމަށްފަހު ނުވަ ވަނަ ސަފްހާގެ މަތީގާ ހުސް ގަނޑެއް ތަތް ކުރުމަށެވެ.

މިއަހަރު ދިރާސީ އަހަރުގެ ކިޔެވުން ފެށުނުއިރު ދަރިވަރުންނަށް ދިން ބައެއް ފޮތް ތަކުގައި ހުރި އިސްލާމް ދީނާއި ހިލާފު ތަންތަނަށް ބަދަލު ގެނެސްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ނަމަވެސް އަޅުގަނޑުމެނާ ވާހަކަދެއްކި ސްކޫލްތަކުގެ ބައެއް ޓީޗަރުން ބުނީ މިނިސްޓްރީން ވަނީ އެ ގަނޑުތައް ކަނޑަން ސްކޫލްތަކަށް އަންގާފައިވާ ކަމަށެވެ.

ގްރޭޑް އަށެއްގެ އެ ފޮތުގައި ވަނީ ކަލާނގެތަކުގެ ވާހަކަ ދައްކާފައެވެ. މިކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދަނީ މި ފޮތަކީ 2014ގައި ޗާޕް ކުރެވިފައިވާ ފޮތެއް ނަމަވެސް އެފޮތް އިސްލާހު ކުރުމަށް މިނިސްޓްރީން އަވަސް ފިޔަވަޅެއް ނާޅާތީއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. އެގަނޑު ކެނޑުމަށް ފަހު ގޭގެ ފާރުގައި ފްރޭމް ކޮއްފައި ހަރުކުރަން ވީދޯ؟ ހުއްޓުވުމުގެ ހިޔާލެއް ވެސް ނެތް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ