- Advertisement -ad image

އޫރުމަސް ހިމެނޭ ބާވަތް އެތެރެކޮށްފައިވާ ފަރާތް ދެނެގަނެ އެތަކެތި ނަގައިފިން: ކަސްޓަމްސް

ad image

ގުޅުންހުރި ލިޔުންތައް

އޫރުމަސް ހިމެނޭ ބާވަތް ދެނެގަނެ އެތަކެތި ނަގައިފާވާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
ކަސްޓަމްސް އިން ކުރި ޓުވީޓެއްގައި ބުނީ، އޫރުމަސް ހިމެނޭ ބާވަތެއް ރާއްޖޭގެ ބާޒާރުގައި ވިއްކަންހުރި މައްސަލަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެކަން އަންގަވާފައިވާތީ، އެތަކެތި އެތެރެކޮށްފައިވާ ފަރާތުގެ ފިހާރަތަކުގައި ހުރި މި ބާވަތުގެ ޕެކެޓްތައް ނަގައިފާވާ ކަމަށެވެ.
އަދި އެތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް ކަސްޓަމްސް އިން ހާމަކުރެއެވެ.
މީގެ އިތުރުން މިތަކެތި އިތުރަށް ވިއްކަން ހުރިކަން ފާހަގަވާނަމަ، އެކަމާއި ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ވެސް ކަސްޓަމްސް އިން އިލްތިމާސްކުރެއެވެ.

އޫރުމަސް އަޅައިގެން އުފައްދާފައިވާ “ކަންޓްރީ ގްރޭވީ މިކްސް” ޕެކެޓްތައް ނަގަން ރެޑްވޭވް އަށް އަންގައިފައިވަނީ އިއްޔެއެވެ.
ކަންޓްރީ ގްރޭވީ މިކްސް ޕެކެޓްގައި އޫރު މަހުގެ ބާވަތެއް އަޅާފައިވާކަން އެ ޕެކެޓްގެ ބޭރުގައި ލިޔެފައިވާއިރު މިކަން ސަމާލުކަމަށް އައިސްފައިވަނީ އާއްމު ފަރާތަކުން ފޭސްބުކްގައި ކުރި ޕޯސްޓަކުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ