- Advertisement -ad image

މަޝްހޫރު ލަވަކިޔުންތެރިޔާ ހުޒާމް ނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި މަޝްހޫރު ލަވަ ކިޔުންތެރިޔާ މުހައްމަދު ހުޒާމް ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެ އެވެ.

“ބޭނުމޭ އިޝްޤާ”، “ދޭނަން ހިތާ ޖާނާ” ފަދަ މަޝްހޫރު ލަވަތަކެއް ގެނެސްދީފައިވާ ހުޒާމް އަކީ ދިވެހިންގެ ތެރޭގައި މަޤްބޫލް އަޑުގެ ވެރިއެކެވެ. އަދި 2000ގެ އަހަރުތަކުގެ ތެރޭގައި ހުޒާމްގެ އަޑުން ދިވެހިންނަށް ވަނީ ގިނަ ލަވަތަކެއް ގެނެސްދީފަ އެވެ. އެހެން ނަމަވެސް، ހުޒާމް ލަވަ ކިޔުން މެދުކަނޑާލިތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ހުޒާމް ނިޔާވެފައިވަނީ ފުއްޕާމޭގެ ބައްޔަކަށް ވަރަށް ގިނަ އަހަރުތަކެއް ވަންދެން ބޭސް ކުރަމުން ދަނިކޮށް އިންޑިޔާގެ ބެންގަލޫރުގަ އެވެ.

ހުޒާމް އަކީ އިންޖީނިއަރިންގެ ރޮނގުން މަތީ ތައުލީމް ހާސިލްކޮށްފައިވާ އެ ދާއިރާގައި ވަޒީފާ އަދާކުރަމުން އައި މީހެކެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ހުޒާމް އޮސްޓްރޭލިޔާއިން އިންޖިނިއަރިންގ ކިޔަވައިގެން 2015 ގައިި ޕްރޮޖެކްޓެއްގައި ދިމާވި. މުޅިން އަލަށް ދިމާވި އެކުގައި މަސައްކަތް ކުރުމުން އެނގުނީ ހިތްހެޔޮ ވަރަށް މަސައްކަތާ ގަޔާވާ ހުނަރުވެރި އަދި ހިޔާލުތަފާތު ވިޔަސް ވަރަށް ޑިޕްލޮމެޓިން ވިސްނުން ހުންނަ ސަހްސިއްޔަތެއް. ހެޔޮ ރަހްމަތް ލައްވާށި. ސުވަރުގެ ދެއްވުން އެދި ދުއާ ކުރަން.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ