- Advertisement -ad image

ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވި ނަމަވެސް ނަޝީދާއެކު ސިޔާސީ ދާއިރާއިން ފެނުމަކީ ނާދިރު ކަމެއް: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރެއްވި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ސިޔާސީ ދާއިރާއިން ފެނުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ނަޝިދުއާއެކީ މަސައްކަތް ކުރުމުގެ ޖާގަ އޮތްތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމިން ވިދާޅުވީ، ނަޝީދު ގަބޫލުކުރާ ޑިމޮކްރަސީގެ ސިފަތަކާއި، ރާއްޖޭގައި އޮންނަން ޖެހޭނަކަމަށް ނަޝީދު ދެކޭ ލިބަރަލް ސިފަތަކަށް ބަލާއިރު، ނަޝީދުއާއެކީ މަސައްކަތް ކުރުމަށްވުރެ ގާތީ ނުކުރުން ކަމަށެވެ.

ރާއްޖޭގެ ވެރިކަން ހިންގާ ރިޔާސީ ނިޒާމް, ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގެންނެވުމަށް ނަޝީދު ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މި މަހު އޮންނަ އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދު ވަނީ މިކަމާ ގުޅޭ ގަރާރެއް ހުށަހަޅުއްވާފަ އެވެ. އެގޮތުން, ނިޒާމް ބަދަލު ކުރަން ގާނޫނުއަސާސީ އިސްލާހު ކުރުމާއި ރައިސުލްޖުމްހޫރިއްޔާ ހޮވޭނެ ގޮތް ބަދަލުކުރަން ހުށަހަޅާފައިވެއެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖެއަށް މިވަގުތު ބަރުލަމާނީ ނިޒާމެއް ނުފެތޭ ކަމަށެވެ.
އަދި ބަރުލަމާނީ ނިޒާމެއްގައި މަޖިލީހުގެ މެންބަރުން ދާއިރާއަށް ހޮވޭ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުގެ ފުރުސަތު ޕާޓީން ނުދޭނެ ކަމަށާއި ރާއްޖޭގައި މިކަން ހިނގަނީ މިހެން ނޫން ކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ