- Advertisement -ad image

ގާދިއްފުށި އަދި ދިއްގަރު ކައުންސިލްގެ އިންތިހާބު: މިހާތަނަށް ވޯޓުލީ 300 މީހުން

ad image

ގުޅުންހުރި ލިޔުންތައް

މ. ދިއްގަރު އަދި ތ. ގާދިއްފުށި ލޯކަލް ކައުންސިލް ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު 08:00 އިން ފެށިގެން 16:00އާ ހަމައަށް ކުރިއަށް ދާއިރު މިހާތަނަށް ވޯޓުލީ 300 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 1537 މީހުން އެބަތިބި ކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ މ ދިއްގަރުގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށް ވޯޓުލާން ޖެހޭ 733 މީހުންނާއި ތ ގާދިއްފުށީގައި ބެހެއްޓިފައިވާ ފޮއްޓަށް ވޯޓުލާ 218 މީހުންގެ އިތުރުން މާލޭ އިއްޒުންދީން ސްކޫލްގައި ބެހެއްޓިފައިވާ ފޮއްޓަށް ވޯޓުލާ 586 މީހުންނެވެ.

އީސީން ވަނީ ވީހާވެސް ގިނަ ބަޔަކު ވޯޓްލާން ދިއުމަށް އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ