ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ކަނޑުގެ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށް ޝައްކުކުރެވޭ ބޭރުގެ ދެ މަސް ބޯޓް އެމްއެންޑީއެފުން އަތުލައިގަންފިއެވެ.
އެމްއެންޑީއެފް ބުނީ މި ދެ ބޯޓު އަތުލައިގަތީ ކޯސްޓްގާޑު ޝިޕް ހުރަވީ ކުރަމުންދިޔަ ޕެޓްރޯލެއްގެ ތެރެއިން މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
ނަމަވެސް މިއީ ކޮން ގައުމުތަކެއްގެ ބޯޓުތަކެއް ކަމެއް އެ އިދާރާއިން އަދި ހާމަހެއް ނުކުރެއެވެ. ފަހަކަށް އައިސް ގަވައިދާ ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަން އުޅޭ ގިނަ ބޭރުގެ ބޯޓުތަކެއް ދަނީ އަތުލައިގަންނަމުންނެވެ.
މީގެ ތެރޭގައި ސްރީލަންކާ ފަދަ ގައުމުތަކުގެ ބޯޓުތައް ހިމެނެއެވެ.