- Advertisement -ad image

އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއު ދާ ގޮތުން މޭޔަރު ކަންބޮޑުވުން ފާޅުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އައްޑޫ ސިޓީގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތުން މޭޔަރު އަލީ ނިޒާރު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެގޮތުން އެ ސިޓީގެ މޭޔަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައްޑޫ މަގު ހެދުމުގެ މަަސައްކަތަކީ ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދެއްވާ ވަރަށްބޮޑު ހޭދައެއް ނަމަވެސް މި މަސައްކަތުގެ ކޮންޓްރެކްޓަރު އަދި ކޮންސަލްޓަންޓް އަކީ އެއްގައުމަކަށް ނިސްބަތްވާ ގުޅުން އޮތް ބައެއް ކަމަށެވެ.
މީގެއިތުރުން މަސައްކަތުގެ ފެންވަރާއި މަސައްކަތް ކުރަމުން ދާ ގޮތުގެ ޝަކުވާ ބޮޑު ކަމަށާއި ކައުންސިލް އިން ތަކުރާރުކޮށް މި ޝަކުވާތައް މަސައްކަތުގެ ވެރިފަރާތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއި ހިއްސާ ކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް ހައްލެއް ނުލިބި މި މަސައްކަތް ނިމޭއިރު މި މަގުތައް އައްޑޫ ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި މި މަސައްކަތް ބަލަންވާ ވަރަށް މިނިސްޓްރީން ނުބަލާ ކަމަށެވެ.

ނިޒާރު ވިދާޅުވީ، އައްޑޫގެ މަގުތައް ހަދާ ނިމޭއިރު ރަނގަޅު ފެންވަރަކަށް ގިނަ ދުވަހަށް އޮންނަ ގޮތަށް މަގު ނިންމުމަކީ އައްޑޫ ރައްޔިތުން އެދޭ ގޮތް ކަމަށެވެ.
އަދި އެއީ ސަރުކާރުން ވެސް ބޭނުންވާނެ ގޮތް ކަމަށާއި އެހެންނަމަވެސް މި ދާ ގޮތަށް ދާނަމަ އެ އުއްމީދުގައި ކުލަ ޖެހި ނުދާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވި މި މަޝްރޫއަކީ އައްޑޫސިޓީގައި މިހާތަނަށް ހިންގޭ މަގު ހެދުމުގެ އެންމެ ބޮޑު މަޝްރޫޢުއެވެ. ޖުމްލަ 1,197,068,447.16ރުފިޔާގެ މި މަޝްރޫޢު ކުރިޔަށްގެންދަނީ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ