- Advertisement -ad image

ފޯނު ފޭރިގަތް މައްސަލައިގެ ތަފްސީލް ދެއްވަން ނަޝީދު ދެކޮޅު ހައްދަވައިފި

ad image

ގުޅުންހުރި ލިޔުންތައް

ލަންޑަނުގެ ރެސްޓޯރަންޓެއްގައި ފަރިއްކުޅުވަން އިންނަވަނިކޮށް ފޯނު ފޭރިގަތް މައްސަލާގައި ނޫސްވެރިން ސުވާލު ކުރުމުން ޖަވާބު ދެއްވަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ އެއީ މިއަދުގެ މައުޟޫ އާއި ގުޅޭ ސުވާލެއް ނޫން ކަމަށާއި ފޯނު ފޭރިގަތް މައްސަލަ ލަންޑަނު ފުލުހުންނަށް ހުށަނާޅުއްވާ ކަމަށެވެ.

ކުރީގެ ރައީސް ނަޝީދުގެ ފޯނު ފޭރިގަތްފައިވަނީ ރައީސް ސޯލިހު އަންހެނަކާއެކު އެކެހެރިވެ ނަގާފައިވާ 4 ފޮޓޯ މީހަކު އެމަނިކުފާނުގެ ފޯނަށް ފޮނުއްވާފައިވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
ނަމަވެސް އެ ފޮޓޯތަކުގައި ރައީސް ސޯލިހު އާއެކު ހުންނެވީ ކާކު ކަމެއް ނަޝީދު ވިދާޅެއް ނުވެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު އިތުރަށް ވިދާޅުވީ، ބަޔަކު ދިޔައީ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ނަގައިގެން އެއް ބަޔަކު ރަހީނުކޮށް، ބްލެކްމެއިލްކޮށްގެން ފައިސާ ހޯދަމުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ