- Advertisement -ad image

ރިޓަޔަރ ކުރައްވާފައި ހުންނެވި ޒަކަރިއްޔާ މަންސޫރަށް ދައުލަތުން ބައިލައްކަ އަށްވުރެ ބޮޑު މުސާރައެއް

ad image

ގުޅުންހުރި ލިޔުންތައް

ސިފައިންގެ ވަޒީފާއިން ރިޓަޔަރ ކުރައްވާފައިވާ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރަށް، މަގާމުން ރިޓަޔަރ ކުރެއްވުމަށް ފަހުވެސް، ރިޓަޔަރމަންޓް ފައިސާގެ އިތުރުން އެލަވަންސްތަކާއެކު ބައިލައްކައަށްވުރެ ބޮޑު މުސާރައެއް ދައުލަތުން ދެމުންދާ ކަން ހާމަވެއްޖެއެވެ.

މި މައުލޫމާތުތައް ޓުވިޓަރގައި ހިއްސާކޮށްފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން ދައުލަތުގެ މާލީ އަދި ފައިސާގެ މައުލޫމާތު، ހޯދުމަށްފަހު، މީސް މީޑިއާގައި އެ މައުލޫމާތު ހާމަ ކުރަމުންދާ އައިމަން ލަތީފެވެ.

އެގޮތުން އައިމަން ލަތީފު ހާމަކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސިފައިންގެ ވަޒީފާއިން ރިޓަރ ކުރެއްވުމާ ގުޅިގެންވެސް އެއްފަހަރާއި އެއް މިލިއަން ރުފިޔާގެ ޕެކޭޖެއް ލިބިފައިވެއެވެ. އަދި އެއަށްފަހު މިހާރު ރިޓަޔަރމަންޓް އިނާޔަތުގެ ގޮތުގައި މަހަކު 20،430 ރުފިޔާ ދަނީ ލިބެމުންނެވެ.

މީގެ އިތުރުންވެސް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ފުރުއްވަމުން ގެންދަވާ މަގާމުގެ މުސާރައިގެ ގޮތުގައި 31،300 ރުފިޔާ ކޮންމެ މަހަކުވެސް ލިބިވަޑައިގަންނަވައެވެ.

އެންސީޓީސީ އިން އަސާސީ މުސާރައިގެ ގޮތުގައި 18،000 ރުފިޔާއާއި، ލިވިންގ އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކުވެސް ލިބިވަޑައިގަންނަވާ 12،500 ރުފިޔާގެ އިތުރުން ފޯނު އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ 800 ރުފިޔާއެވެ.

މިގޮތުން މިހާރު ޒަކަރިއްޔާއަށް ލިބިވަޑައިގަންނަވާ ރިޓަޔަމަންޓް ފައިސާވެސް ހިމެނޭ ގޮތުން، މިހާރު ހުންނެވި މަގާމުގެ މުސާރައާއެކު ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރަށް ދައުލަތުން ކޮންމެ މަހަކުވެސް 51،730 ރުފިޔާ ލިބިވަޑައިގަންނަވައެވެ. .

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ