ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ނުވެއްޖެނަމަ ވެރިކަން ކުރާ އެމްޑީޕީގެ މެންބަރުންގެ ތެރެއިން 42 އިންސައްތަ މެންބަރުން ސަރުކާރަށް ވޯޓު ނުދޭނެ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބަރުލަމާނީ ނިޒާމުގެ މަޝްވަރާ ކުރުމަށް މިރޭ އެމްޑީޕީ ހަރުގޭގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، ސިޔާސީ ހިސާބު ޖަހަމުންދަނީ އަބަދުވެސް ހަގީގަތް ބަލާފައި ކަމަށެވެ.
އެގޮތުން އޮނިގަނޑުގެ ބަދަލާއި ނިޒާމީ ބަދަލު ނުގެނެވިއްޖެނަމަ އެމްޑީޕީގެ މެންބަރުންގެތެރެއިން 42 އިންސައްތަ މެންބަރުން ސަރުކާރަކަށް ވޯޓެއް ނުދޭނެކަމަށް ވިދާޅުވިއެވެ. ނަޝީދު ފާހަގަ ކުރެއްވި 42 އިންސައްތަ މެންބަރުންނަކީ ޕާޓީގައި ތިބި ނަޝީދަށް ވަފާތެރި މެންބަރުން ކަމަށް ވުން އެކަށީގެންވެއެވެ.
ބަރުލަމާނީ ނިޒާމު ގެންނަން ތާއީދު ކުރައްވާ ތަން ފެނިގެންދަނީ ނަޝީދުގެ ފަޅީގައި ތިބި ފަރާތްތައް އެކަނިކަން ފާހަގަކުރެވެއެވެ.
އެގޮތުން އިމްތިޔާޒު ފަހުމީ ވިދާޅުވެފައިވަނީ ދުނިޔޭގެ އެންމެ ތަހުޒީބު އަދި ސުލްޙައާއި ތަނަވަސްކަން އެންމެ ބޮޑަށް ހޯދާފައިވާ ގައުމުތަކަކީ ގާތްކަނޑަކަށް ހުސް ބަރުލަމާނީ ނިޒާމުގެ ޤައުމުތައް ކަމަށެވެ.
ރައީސް ސާލިހު މިއަދު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހަޅާފައިވާ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމުގެ ގަރާރާ އަނބުރާ ގެންދެވުމަށް އެދޭ ކަމަށެވެ.
ކަލެއަށް ކޯޗެއްއެނގެނީ!
ކަލޯ އެމްޑީޕީން މިހާރު %5ނުލިބޭނެ ކަލެއަކަށް!
ލިވާތުމައްސަލަ އޮއްބާލަން ވެގެން އަނެއްވާހަކަ އެއް ތި ނެރުނީ ގައުމައް ޖެހިފަ އޮތް ވަބާއެއް މީ