- Advertisement -ad image

ކަރުގައި އޮތް ރަން ފަށް ފޭރިގެން ދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މާލޭގެ މަގުމަތިން ހިނގާފައިދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށް ފޭރިގަން ދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ހަމީދު ވިދާޅުވީ، މިމައްސަލަ އާއި ގުޅިގެން އެކަކު ވަނީ ހައްޔަރު ކޮށްފައި ކަމަށާއި ފޭރިގެންފައިވާ ރަން ފަށް ރަން ހަދާ ތަނަކަށް ވިއްކާލާފައިވަނިކޮށް ފުލުހުން ހޯދާފައިވާ ކަމަށެވެ.

މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. ފުލުހުންގެ ސަމާލު ކަމަށް މިކަން އައިސްފައިވަނީ ސޯޝަލްމީޑިއާގައި ދައުރުވި ވީޑިއޯއަކާއި ގުޅިގެންނެވެ. އެގޮތުން ބާރު ސްޕީޑްގައި ދުއްވާފައި އަންނަ ސައިކަލު ކުއްލިއަކަށް މަޑު ކުރުމަށް ފަހު ހިނގާފައި ދާ ބިދޭސީ އަންހެންމީހާގެ ކަރުގައި އޮތް ފަށް ފޭރިގަނެގެން ދަނީއެވެ.

މަދުން ނަމަވެސް މިހާރު މާލޭގައި މިފަދަ ހާދިސާތައް އަންނަނީ ހިނގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ