- Advertisement -ad image

ޒުވާނުންނަށް އިހުމާލުވެ، ސްޓިކާއިން ހިންގާ ސަރުކާރަކަށް މިވަނީ ބަދަލުވެފައި: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

މި ސަރުކާރުން ވަނީ ޒުވާނުންނަށް އިހުމާލުވެފައި ކަމަށާއި މުޅި ސަރުކާރު ހިންގަމުންދަނީ ސްޓިކާ ޖަހައިގެން ހޯދާ ފައިސާއިން ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލު ކުރުމަށް މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޤައުމުގެ ހަކަތައަކީ ޒުވާނުން ކަމަށް ވާއިރު ދިވެހި އާބާދީގެ ތިން ބައިކުޅަ 2 ބަޔަކީ ޒުވާނުން ކަމަށެވެ. އަދި ޒުވާނުންނަކީ މުހިއްމު ބައެއްކަން އެނގިވަޑައިގެން ވެރިކަމުގައި ޒުވާނުންނަށް ޚާއްޞަ އިސްކަމެއް ދެއްވިކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ޒުވާނުންނަށް ޚާއްޞަކޮށް 104،000 ވަޒީފާ އުފައްދާފައިވާ ކަމަށެވެ.

ރައީސް ޔާމީން ވިދާަޅުވީ ސަރުކާރެއް މިނެކިރާލުމަށް އެންމެ ރަނގަޅީ ޒުވާނުންނަށް ވީ ވައުދުތައް ފުއްދުނުތޯ ބެލުން ކަމަށެވެ.

ސަރުކާރަކުން ޒުވާނުންނަށް ވައުދުވާނަމަ އެ ވައުދުތަކަކީ އެންމެ ޚާއްސަ އަހަންމިއްޔަތުކަން ދީގެން ފުއްދަން ޖެހޭ ވައުދުގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ