- Advertisement -ad image

ގޭސްފުޅިއެއް ގޮވާ ހިނގި ހާދިސާގައި ޒަހަމްވި މީހާ ނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ގދ.ރަތަފަންދޫގައި ގޭސް ފުޅިއެއް ގޮވައި, ހިނގި ހާދިސާގައި ޒަހަމްވި މީހާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ރަތަފަންދޫ ގެއެއްގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި މިހާދިސާގައި ނިޔާވެފައި ވަނީ އެ ރަށު ޢުމުރުން 53 އަހަރުގެ އާމިނަތު ޢަބްދުލްޙަމީދެވެ.

ގޭސް ފުޅި ގޮވުމުގެ މި ހާދިސާ ހިނގީ ގޭގައި ބަހައްޓާފައި ހުރި ގޭސް ފުޅިން ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި އޭނާގެ ގައިގައި ހުޅު ހިފައިގެންނެވެ.

އެންމެ ފުރަތަމަ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އެދުވަހު ވަނީ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުން ފަރުވާދޭން ފަށާފައެވެ.
އެ ގޮތުން އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް އެ މޡިހާ ނިޔާވީ ރޭ ފަތިހުގެ ވަގުތެއްގައެވެ.
މި ހާދިސާގައި އޭނާގެ ހަށިގަނޑުގެ %50 އަށްވުރެ ބޮޑު ބައެއް ފިހިފައިވާކަމަށް މައުލޫމާތުލިބިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ