- Advertisement -ad image

އިތުރުގޮތެއް ނެތިގެން، ބަރުލަމާނީ ގަރާރު ނަޝީދު ނަންގަވައިފި

ad image

ގުޅުންހުރި ލިޔުންތައް

މިހާރު ކުރިއަށްދާ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް އަށް ރައީސް ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ނިޒާމުގެ ގަރާރު އަނބުރާ ގެންދަވައިފިއެވެ.

ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމުތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.
އަދި ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ ޤާނޫނުއަސާސީއަށް އިސްލާހު ގެނައުންވެސް ހިމެނެއެވެ.

ނަޝީދުގެ ގަރާރު ގެންދަވަން ނިންމަވާފައި ވަނީ މިހާތަނަށް މި ނިޒާމާ ބެހޭގޮތުން އެޕާޓީގެ ތެރޭގައި ކުރެވުނު މަޝްވަރާތަކުގައި ބޮޑު އަގުލަބިއްޔަތެއްގެ ތާއީދު ނެތްކަން ހާމަވެފައި ވަނިކޮށެވެ.

މީގެ ކުރިން ރައީސް ޞާލިޙް ވެސް ވަނީ އެ ޤަރާރު އަނބުރާ ގެންދަވަން އެދިވަޑައިގެންފައެވެ. ނަމަވެސް މިއަދާ ހިސާބަށް ވެސް ނަޝީދު ހުންނެވީ ޤަރާރު އަނބުރާ ނުގެންދެވުމަށް ނިންމަވައިގެންނެވެ.
ކޮންގްރެސްގެ ހަވާސާގައި ރައީސް ސާލިހު، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އަދި ރައީސް ނަޝީދު ވަނީ ބައްދަލުކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ