ގއ ދާންދޫ ކުނިގޮނޑުން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ ދާންދޫ ކުނިގޮނޑުން ކަށިގަނޑެއް ފެނިފައިވާ ކަމަށް މިރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އެއީ ގިނަ ދުވަސްތަކެއް ވެފައިވާ ކަށިގަނޑެއްކަން މިހާތަނަށް ބެލިބެލުމުން ފާހަގަވެފައިވާ ކަމަށާއި ފެނިފައިވަނީ އިންސާނެއްގެ ކަށިގަނޑެއްކަން ނުވަތަ ނޫންކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.