- Advertisement -ad image

އަލީ ސޯލިހަށް ހަމަލާދީގެން ހައްޔަރު ކުރީ ސަލްމާން މިސްކިތު މިންބަރަށް އެރި މީހާ: ފުލުހުން

ad image

ގުޅުންހުރި ލިޔުންތައް

ޖުމުހޫރީ ޕާޓީގެ ތަރުޖަމާނު އަދި ސްޓޭޓް މިނިސްޓަރ އަލީ ސާލިހަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި ހައްޔަރު ކުރީ ސަލްމާން މިސްކިތުގެ މިންބަރަށް އެރި މީހާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިއަދު ހުޅުމާލޭގައި މިނިސްޓްރީ އޮފް އެންވަޔަރމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަލީ ސާލިހު އަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ މައްސަލަ މިއަދު 13:26 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮަށްފައިވާ ކަމަަށެވެ.
އަދި މި ހަމަލާ އާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން ހައްޔަރުކޮށްފައިވަނީ ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކޮށް މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް އަމަލު ކުރި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ ކަމަށް ފުލުހުން ހާމަކުރެއެވެ.
އެދުވަހު އެމީހާ ފުލުހުން ދޫކޮށްލަަފައިވަނީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށް ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ