- Advertisement -ad image

މާލޭގެ ގެއަކަށް ވައްކަން ކުރަން ވަތް ބިދޭސީ އަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް

ރޭ މާލޭގެ ގެއަކަށް ވައްކަން ކުރަން ވަތް ބިދޭސީ އަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ މާފަންނު ގެއަކަށް ވައްކަން ކުރަން ވަތް ބިދޭސީއަކަށް ހަމަލާދީފައިވާ ކަމަށް ރޭ 23:55 އެހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އަނިޔާ ލިބުނު މިހާ އަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން ކަމަށާއި މި މަައްސަލަ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ވައްކަން ކުރަން ވަތް ބިދޭސީ މީހާއަށް ހަމަލާދީފައިވަނީ ކޯރާޑިއަކުންނެވެ.
އަދި ފުލުހުން އެތަނަށް ދިޔައިރު ހަމަލާދޭން ބޭނުން ކުރި ކޯރާޑިވެސް އެގޭތެރޭގައި އޮތް ކަމަށް ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. މިފެންނަނީ ތަހުޒީބީބުގެ ނަމުގައި ތަޢާރަފް ކޮށް ރާއްޖގައި ޕްރޮމޯޓް ކުރަމުންދާ
    ޒަމާނީ ޑިމޮކްރަސީގެ އަސްލު ކުލަ .
    އެއްވެސް ކަމެއް ތުހުމަތެއް ނޫނީ ނވާނެ. ވައްކަންކުރާމީހާ ކުށްވެރި ނުވާނެ. އޭނަ މަނާކުރި މީހާ ކުށްވެރި ވާނެ’

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ