- Advertisement -ad image

މަޖިލީހުގެ މެންބަރުންގެ އަދަދު 87 އަށްވުރެ އިތުރު ވިޔަ ނުދިނުމަށް އިސްލާހެއް

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 87 ގައި ހިފެހެއްޓުމަށް ޖުމުހޫރީޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އިސްލާހެއް ހުށައަޅުއްވައިފިއެވެ.
ގާސިމް ހުަށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރުންގެ އަދަދަކަށް ވާން ޖެހޭނީ 87 އެއް ކަމަށެވެ.
އަދި މި އަދަދު ގިނަވިޔަ ނުދިނުމަށްޓަކައި، ގާނޫނުއަސާސީގައި ބުނާ އިދާރީ ދާއިރާތަކުގެ ގޮތުގައި 87 އިންތިހާބީ ދާއިރާ ކަނޑައަޅައި، އެއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބު ކުރަން ވާނީ އެންމެ މެންބަރެއް ކަމަށް ބުނެފައިވެއެވެ.

2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގައި އަމަލުކުރަން ފެށި މިހާރުގެ ގާނޫނުއަސާސީގެ ފަހުން ރައްޔިތުންގެ މަޖިލިހުގެ ތިން އިންތިހާބެއް މިހާތަނަށް ބާއްވާފައިވެއެވެ.

ގާސިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ކޮންމެ ފަހަރަކު ވެސް މެންބަރުންގެ އަދަދު އިތުރުވަމުން އަންނަކަމަށާއި އެގޮތުން 2009 ގައި އިންތިހާބުކުރި 17 ވަނަ މަޖިލީހަށް 77 މެމްބަރުން ހޮވާފައިވާއިރު 2014 ގައި 85 އަދި މިހާރު ކުރިއަށް ދާ 19 ވަނަ މަޖިލިހަށް 87 މެންބަރުން އިންތިހާބުކުރި ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ރާއްޖެފަދަ ކުޑަ ގައުމެއްގައި ކުރިމަގަށް ބަލާއިރު މެންބަރުންގެ އަދަދު ހުއްޓުމެއް ނެތި އިތުރުވަމުން ދާ ނަމަ އެއީ ގާނޫނު ހަދާ މަޖިލިހަށް މާ ގިނަ މެންބަރުންނަށް ވާނެތީ އާއި އިގުތިސާދީ އަދި އެހެނިހެން ގޮތްގޮތުން ވެސް އެކަން ގޮންޖެހުމަކަށް ވާނެތީ އެއަދަދު ހިފަހައްޓަން ޖެހޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. މަޖްލިހުގެ މެންބަރުން މިހާރު ތިބީ އެމީހުންނަށް ދޭންވާ އުޖޫރަ ދިނުމަށް ދައުލަތަށް ކުޅަދާނަ ނުވާހާ ގިނަ މިންވަރަކަށެވެ. ވީމާ މިހާރު މެންބަރުން ތިބި ޢަދަދު މަދުކުރުމަކީ ސަރުކާރުން ކުރަން ވެއްޖެ ކަމެކެވެ. ޢާއްމު ރައްޔިތުންނަށް ކަމެއް ކޮށްދެވޭނީ އޭރުންނެވެ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ