- Advertisement -ad image

އަލީ ސޯލިހަށް ހަމަލާ ދިން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

ad image

ގުޅުންހުރި ލިޔުންތައް

ޖުމުހޫރީ ޕާޓީގެ ތަރުޖަމާނު އަދި ސްޓޭޓް މިނިސްޓަރ އަލީ ސާލިހަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މިއަދު ވަނީ ދީފައި ކަމަށެވެ.

ހުޅުމާލޭގައި މިނިސްޓްރީ އޮފް އެންވަޔަރމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަލީ ސާލިހު އަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ މައްސަލަ އިއްޔެ 13:26 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮަށްފައިވާއިރު
އަދި މި ހަމަލާ އާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

 އަލީ ސާލިހަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި ހައްޔަރު ކުރީ ސަލްމާން މިސްކިތުގެ މިންބަރަށް އެރި މީހާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ